އައްޑޫ ސިޓީގައި އަނެއްކާވެސް އިތުރު މާރާމާރީއެއް ހިނގާ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގެ ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 15:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޒުވާނާ އަށް އަންނަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއިއެޗް) ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގާ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.
އެ ހާދިސާގައި ޒަހަމްވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާއިރު އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ