ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ގެންދިއުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީ އާއި ދުބާއީގައި ބޭއްވި ކޮޕް28ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މުއިއްޒު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުވާ ކުރެއްވުމަށް ވަޑައިގެންނެވި އިންޑިއާގެ އިސް ބޭފުޅެއްގެ އަރިހުން ރަސްމީކޮށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ދަންނަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހުވާ ކުރެއްވުމުގެ ކުރިންނާއި އަދި ފަހުން ގާތްގަނޑަކަށް ހަތަރު ވަރަކަށް ބައްދަލުވުން އިންޑިއާގެ އެކި ފަންތީގެ އިސްވެރިންނާއެކު ބޭއްވިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރެވެމުން ދަނީ ޓެކްނިކަލް ލެވަލެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރާއެކު ކޮޕް28ގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ހާއްސަ ކޮމެޓީއެއް އެކުލަވާލަން ނިންމީ މަޝްރޫއުތައް ގެންދިއުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
"އެއް މަޝްރޫއަކީ މާލޭގެ ކައިރީގައި މި ހިނގާ ބްރިޖް މަޝްރޫއު، ދެން ހުރި މަޝްރޫއުތަކާއި އެކި އެކި ލޯނުތަކުގައި ދިމާވާ ކަންކަމާއި، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، މިކަންކަމުގައި ވަގުތުން ވަގުތަށް ނިންމުން ނިންމޭ ކަހަލަ ހައިލެވެލް ކޮމެޓީއެއް އެކުލަވާލާ ދެ ގައުމުން އެއްބަސް މިވީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ ވާހަކަތައް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ދެއްކެވީ ވޯޓު ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެމަނިކުފާނަށް އެހެން ހުރިހާ ކަމެއްވެސް އަންނާނީ ދިވެހި ގައުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ