ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓުރެފިކް ކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 2021 ގަ އެވެ. އޭރު ޕެސްޓްގެ އިތުރުން އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅި ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުން ކުރިން ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ޕެސްޓާއި ދެން ތިބި މީހުންގެ މައްޗަށް ކަމަށް ކުށް ސާބިތުނުވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ