ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާނު ނުކުރާއިރު އެ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެ، މީގެކުރިން ނުދައްކާ ހުރި ގިނަ ވާހަކަތަކެއް ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ހުސައިން އަމްރު ހާމަ ކުރައްވައިފިއެވެ.
އެކްސްގައި އަމްރު ކުރެއްވި ޕޯސްޓުތަކެއްގައި މިއަދު ވިދާޅުވީ އިންތިހާބުތަކުގައި ވާދަ ކުރައްވަނީ މޮޅާއި ބައްޔަކީ އެފަދަ ކަންކަމުގައި އޮންނަ އެއްޗެއްކަން އެނގި ހުރެ ކަމަށެވެ. މިހާތަނަށް ވާދަކުރެއްވި ގިނަ އިންތިހާބުތަކެއް ކާމިޔާބުވެސް ކުރައްވާފައިވާނެ ކަމަށާއި އަދި އިންތިހާބަކުން ނާކާމިޔާބުވި ނަމަވެސް އެކަމުގެ ޝަކުވާއެއް ނުކުރައްވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެކަން އެމަނިކުފާނާއެކު ވޭތުވެދިޔަ 15 ވަރަކަށް އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ. އެގޮތުން އޭނާ އަކީ ދޫދޭން ޖެހޭ ތަންތަނުގައި ބޮޑުކޮށް ދޫދެއްވާ ބޭފުޅެއް ކަމަށް އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަމެއް ގޯހުން ދާނަމަ އެކަމެއް ސީދަލަށް ބުނާނެ ކަމަށާއި އެކަންވެސް ކުރަނީ އެންމެންގެ ވެސް ރަނގަޅަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.
"މި އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް އިތުރަށް އެ ނަތީޖާއާ މެދު އެއްޗެސް ދަންނަވާކަށް އަޅުގަނޑު ނޭދެން،" އަމްރު ވިދާޅުވިއެވެ.
އިއްޔެ ހެނދުނު 10 އިން ފެށިގެން ހަވީރު 4:00އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ ލަސްވުމާ ގުޅިގެން، އެ ޕާޓީގެ އާންމު މެމްބަރުން ގެންދަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ޑިމޮކްރެޓްސްއިން ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް، އެ ޕާޓީގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރޭ ވަނީ އިއުލާން ކުރައްވާފައެވެ. ހަސަންއަކީ އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ވެސްމެއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
ކަލޭ އަކި ދުވަހަކުވެސް އިންސާފް ވެރި އިންތިހާބަކުން މޮޅުވި މީހެއް ނޫން، އެކަން އިނގޭނެ ކަލޭ ވާދަ ކުރި އެމްޑީޕީ އިންތިހާބްތަކުން، ފާއިސާ އޭއީ ހުރިހާ އެއްޗެއް ކަމަށް ހަދައިގެން އުޅޭ މީހެއް ކައެ ތީ ބޮލަކަށް /-3000 ނެގި ވަގެއް ކައޭ ތީ ވަގު ބަޅު ތި އޮތި ބަލި އަރުވާފަ ދެން ފިއްތަލާ ހިބަރާ..
އަމްރު