ވިހެއުމަށްފަހު، އެއްލާލާފައި އޮތް ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިއްޖެއެވެ.
އެ ކުއްޖާ މަރުވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ކުނިގޮނޑަށް އެ ކުއްޖާ އެއްލާލާފައި ވަނީ ކޮތަޅަކަށްލާފައެވެ.
ދިގުރަށުން "ހަތާވީސް"އާ ވާހަކަ ދެއްކި މީހަކު ބުނީ ކުނިގޮނޑު ފެނުނީ ދުވަސްފުރާ ވިހާފައި އޮތް ކުއްޖެއް ކަމަށެވެ. އެ ތުއްތު ކުއްޖާގެ ހަށިގަނޑުލަފައި އޮތީ ކަޅުކޮތަޅަކަށް ކަމަށެވެ. ބެލެވޭ ގޮތުގައި އެ ކޮތަޅަކީ އެ ރަށު ގެތަކުން ކުނި ހޮވުނަށް ނުކުނެ އުޅުނު ކައުންސިލްގެ ބިދޭސީންތަކެއް ގެއަކުން ހޮވައިގެން ގެނައި ކޮތަޅެއް ކަމަށް އޭނާ ބުންޏެވެ.
"މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދީފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު