އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ޓްރެއިނިން ސްކޫލުގެ ޑިއުޓީ އޮފިސަރަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބަލް ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށާއި އެއްވެސް ނުވާ ކަމަށް ރޭ ދަންވަރު 00:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް، ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުން ރޭ ދަންވަރު 1:40 ހާއިރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާ ނަގައިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
އުމުރުން 22 އަހަރުގެ އެ ޒުވާނާ މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ