ސީއީއޯގެ މަގާމަށް އޭނާ އައްޔަން ކުރެވުނު ދުވަހު ބައްޕާފުޅު ވިދާޅުވީ އެ ވަރުގެ މަގާމެއް ގައުމުގެ ރައީސަކު ހަވާލުކުރައްވާނީ ''ދަރިފުޅަށް" ކުރައްވާ އިތުބާރުން ކަމަށެވެ. އެވަރުގެ މަސްއޫލިއްޔަތެއް ހަވާލުކުރުމުން އެއީ ކިތަންމެ ބުރަ އަދި ބަރު މަސައްކަތެއް ކަމަށްވިޔަސް އެންމެ އިހުލާސްތެރިކަމާއެކު އެކަން ކޮށްދޭން ބައްޕާފުޅު ނަސޭހަތްތެރިވިއެވެ.
އެމްޓީސީސީ ކުންފުނީގެ ހުންގާނާއި އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވީ އެ ނަސޭހަތް ހިއްޕަވައިގެންނެވެ. އެމްޓީސީސީގެ 42 އަހަރުގެ ދިގު މާޒީ ގައި އެ ދުވަހަކީ ތާރީހީ ދުވަހެކެވެ.
އާޒިމް އެމްޓީސީސީއާ ހަވާލުވިއިރު އެ ކުންފުނީގެ އެކި މަރުހަލާ ތަކުގައި 87 މަޝްރޫއުއެއް އޮތެވެ. 38 މަޝްރުއޫގެ މަސައްކަތް ކުރިއަށް ދިޔައި މުވައްޒަފުންގެ އަދަދު ހުރީ 1600 ގައެވެ. ކުންފުނީގެ އެންމެ އަގުބޮޑު މަހާޖައްރާފު އޮޕަރޭޓް ކުރަމުން ދިޔައީ ބިދޭސީ މުވައްޒަފުންނެވެ. ދަތުރުފަތުރުގެ ހިދުމަތްތައް ދެމުން ދިޔައީ ބާވެފައިވާ ފެރީތަކާއި ބަސްތަކުންނެވެ. ކުންފުނީގެ އާމްދަނީ 1.1 ބިލިއަން ރުފިޔާގައި ހުރިއިރު ސާފު ފައިދާ އުޅެނީ 63 މިލިއަން ރުފިޔާގައެވެ.
މަގާމާއި ހަވާލުވެވަޑަގަތުމާއެކު އެމްޓީސީސީގެ އެކި ދާއިރާތަކަށް ވަގުތުން ބަދަލުތަކެއް އާޒިމް ގެންނެވިއެވެ. އެމްޓީސީސީ އަކީ އެއް ފަހަރާއި 80 މަޝްރޫއު ހިންގޭނެ ތަސައްވުރަށް މަސައްކަތް ފެއްޓެވިއެވެ. ސާފު ފައިދާ ދެގުނަ ކުރެއްވުމަށް ހިސާބު ޖެއްސެވިއެވެ. ކުންފުނީގެ ހިއުމަން ރިޒޯސަސް ވަރުގަދަކުރެއްވުމަށް ވާޒީފާގެ ފުރުސަތުތަކާއި ތަމްރީނު ޕްރޮގްރާމްތައް ތައާރަފްކުރެއްވިއެވެ. މަހާ ޖައްރާފު އޮޕަރޭޓް ކުރުމަށް ދިވެހިން ތަމްރީނުކޮށް ކުންފުނީގެ އަމިއްލަ ބާރުގެ ދަށަށް ކުންފުނީގެ އެންމެ އަގުބޮޑު ރައުސޫމާލް ގެންނެވިއެވެ.
ހަލުވި ސްޕީޑުގައި މަސައްކަތް ފަށައިގަތުމާއި އެކު ކޮވިޑު އާލަމީ ވަބާއާ ދުނިޔެ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ކޮވިޑަކަށްވެސް އާޒިމް ނުވަތަ އެމްޓީސީސީއެއް ނުހުއްޓުނެވެ. ކޮވިޑްގެ ވަބާގެ ތެރޭގައި 13 ބަނދަރު ދެ އެއާޕޯޓް މަސައްކަތް ކޮވިޑް ނިންމާލިއެވެ. ގްރޭޓާ މާލޭ ބަސްދަތުރުގެ ނިޒާމު އެމްޓީސީސީގެ ދަށަށް ބަދަލުކޮށް ސަރުކާރުގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ފްރޭމްވޯކް ގައި ސޮއިކޮށް އެ ޒިންމާއާ އާޒިމް ހަވާލުވެލެއްވީވެސް ކޮވިޑްގެ ތެރޭގައެވެ.
ހަވާލުކުރިތާ އެއް އަހަރާއި ފަސް މަސް ތެރޭގައި ތިން އަތޮޅެއްގެ 42 ރަށެއްގައި ފެރީ ޓާމިނަލްތަކާއި، މޮބައިލް އެޕްލިކޭޝަން އަދި ފުރިހަމައަށް ތަމްރީނު ކުރެވިފައިވާ ދިވެހި މުވައްޒަފުންޏާއެކު ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތް ފެށިގެން ދިޔައެވެ. މިއާއެކު އެތައް ރައްޔިތުންތަކެއް ދަތުރުކުރުމަށް އުފުލަމުން ދިޔަ ތަކުލީފުތަކަށް ފުރިހަމަ ތަސައްލީއެއް ލިބިގެން ދިޔައެވެ.
އާޒިމްގެ މަސައްކަތުން މިއަދު އެމްޓީސީސީ ވެފައިވަނީ ރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ގޮތުގައެވެ. ވަޒީފާގެ ފުރުސަތުތަކާއި މުވައްޒަފުން ތަމްރީނު ކުރުމާއި، ކުންފުނީގެ ވަސީލަތްތަކާއި އާރްޓީއެކްގެ ކާމިޔާބު ހިދުމަތްތަކާއި އެކު އެމްޓީސީސީ ވަނީ މުޅިން ބަދަލުކޮށްލާފައެވެ.
އާޒިމް އެ ކުންފުނީގެ ސީއީއޯއެއްގެ ހައިސިއްޔަތުން ކޮށްދެއްވ މަސައްކަތުގެ އަގު ވަޒަންކޮށް އެމްޓީސީސީގެ މުވައްޒަފުން ހަދާފައިވާ ވީޑިއޯގައި މުވައްޒަފުން ބުނީ އާޒިމް އެ ކުންފުނީގެ މަސައްކަތްތައް ވަރަށްގާތުން ބައްލަވައިގެން ކުރެއްވީ އަމިއްލަ ކަމެއްގެ ގޮތުގައި ކަމަށެވެ. އާޒިމް އަކީ ރައްޔިތުންގެ އައްޑު އެއްސެވި ސީއީއޯއެކެވެ. މަސައްކަތްކުރެއްވީ ރައްޔިތުން ބޭނުންވާ ގޮތަށެވެ.
އެ ވީޑިއޯ ހިއްސާކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީގެ މުވައްޒަފުން އޭނާއާ މެދު ބެހެއްޓވި ގާތްކަމާއި ދެއްވި ލޯތްވާ އިހުތިރާމަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
އާޒިމް ވަރުގެ ގާބިލް މީހަކު އަހުރެން ނުދެކެން ސާބަހޭ އާޒިމް
ހަސަންހަނދާންވެގެންދިޔައީ އެސްޓީއޯގެ އެމްޑީގެ މަގާމުގައި އާދަން ހުންނެވިއަރު އެޑްމިން އެޗްއާރ ޑިޕާޓްމަންޓްގެ އެޗްއޯޑީ މެނޭޖާރސްމީޓިންގ ގަ ވިދާޅުވި ބަސްކޮޅު '' އާދަން އާއިއެކު އަހަރެމެން މަސައްކަތްކުރަންޖެހެނީ ފުރޮޅުލީ ފައިވާނުގައޭ ތިމީހުނަށް އަހަރެންނާއިއެކު އުޅެވޭނީ އައުޓްބޯޑް ދެ އިންޖީނުގައޭ '' ވިދާޅުވި ވިދާޅުވުން.
ޢަލީއިހްލާސްތެރި މަސައްކަތް ކުރެވުނު ކަމަކަށް ގަބޫލެއްނުކުރަން. އެކަންކުރިކަމަށްވާނީ އަމިއްލަ އެދުމަށް ނުހައްގުން ރައްޔިތުންގެ އެންމެލޯލާރިއެއްގައިވެސް ޖެހިފައިނުވާނަމަ
Draw