ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ފަންޑް ރައިސިންގް އިވެންޓެއް ބޭއްވުމަށް އާބަންކޯ އިން ނިންމައިފިއެވެ.
އާބަންކޯ އިން ބުނީ އެ އިވެންޓު އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެ އިވެންޓް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަވީރު6-4 އަދި ރޭގަނޑު 10-8 އެއްގައި ސެންޓްރަލް ޕާރކްގައެވެ.
އެ އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެގޮތުން މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދެވިގެންދާނެއެވެ.
އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން އެ އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ