އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ދެ މިލިއަން މަސްދަޅު ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެކަން ހާމަކުރައްވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ އެހީއަކީ ފަލަސްތީނާ އެކު ރާއްޖެއިން ތިބި ކަމުގެ ރަމްޒެއް ކަމަށެވެ. ރާއްޖެއިން އަބަދުވެސް ފަލަސްތީނާ އެކު ތިބޭނެކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދިވެހި ސަރުކާރުން ވަނީ ފަލަސްތީނަށް އެހީގެ ގޮތުގައި މަސްދަޅު ފޮނުވާފައެވެ.
ރާއްޖޭގެ އަމިއްލަ ފަރާތްތަކުންވެސް ދަނީ ފަލަސްތީނަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިޒްރޭލުން ދެމުން ގެންދާ ހަމާލާތައް ކުށްވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑެތި އެއްވުންތައް ބާއްވާފައެވެ. ފަލަސްތީނަށް ދެމުންދާ ހަމަލާތައް އެންމެ ފުރަތަމަ ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 5791 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ