އިސްރާއީލުން ހިންގާ ލާ އިންސާނީ އަނިޔާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށްޓަކައި ހިންގާ ހަރަކާތުގައި ސްޓެލްކޯ އިން ބައިވެރިވެއްޖެއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އިސްރާއީލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފަސްލައްކަ ރުފިޔާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފައިސާގެ ޗެކު ހަވާލު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.
ސްޓެލްކޯގެ އިތުރުން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަަށް އެހީވުމަށްޓަކައި ފައިސާ ހަދިޔާ ކޮށްފައެވެ. އެގޮތުން އެސްޓީއޯ ގްރޫޕްގެ ހުރިހާ ކުންފުންޏެއް އެކުވެ އެއް މިލިއަން ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ