ހަމާސްއާ އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި ފަލަސްތީނުގެ 313 މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބީބީސިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ހަމާސްއާ އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި ފަލަސްތީނުގައި 313 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން 2000 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ތުރުކީގައި ހުންނަ އިސްރާއީލުގެ އެމްބަސީން ބުނީ، ހަމާސް އިން ދިން ހަމަލާގައި މިހާތަނަށް އިޒްރޭލުގެ 300 މީހުން ވަނީ މަރާލާފައެވެ. އަދި އެތައް ބަޔަކު ވަގަށް ނަގާފައިވާ ކަމަށް އެ އެމްބަސީން ބުންޏެވެ.
ހަމާސް ޖަމާއަތުގެ އިސް ތަރުޖަމާނު އުސާމާ ހަމްދާން އަލްޖަޒީރާއަށް ވިދާޅުވީ ހަމާސް ޖަމާއަތުން ގަސްތުގައި އާންމުންނަށް ހަމަލާ ނުދޭނެ ކަމަށެވެ. ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ހަމާސް ޖަމާއަތުން އިސްރާއީލުގެ އާންމުން މަރާލާފައިވާ ކަމަށް ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަތްދަށަށް އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ގެންގޮސްފައެވެ. އެމެރިކާގައި ހުންނަ އިޒްރޭލުން އެމްބަސީން ބުނީ ހަމާސްގެ އިން ހައްޔަރުކުރި ސިފައިންގެ އަދަދު 100 އަށް އަރާފައިވާ ކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި