"ރާއްޖޭގެ ރައީސްކަން ޗައިނާއިން ކާމިޔާބު ކުރީ ހެއްޔެވެ؟" ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން އަލްޖަޒީރާ ނޫހުގެ ހަބަރެއްގެ ސުރުހީގައި ލިޔެފައި އޮތީ މިހެނެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ތާއީދު ކުރައްވާ މުއިއްޒު ވަނީ އިންޑިއާއަށް ތާއީދުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރައްވައިފައެވެ. އަލްޖަޒީރާ އެކަންޏެއް ނޫނެވެ.
ބައިނަލްއަގްވާމީ ގިނަ ނޫސްތަކުން މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީ ސިފަކޮށްފައިވަނީ ޗައިނާއަށް ލިބުނު ކާމިޔާބީއެއް ގޮތުގައެވެ. އަދި އިންޑިއާ ޗައިނާއާ ދެމެދު އޮންނަ ކޯޅުމުގެ ތެރެއިން ޗައިނާ ކުރި ހޯދިކަމަށެވެ. ރޮއިޓާސް އަދި ބީބީސީ ފަދަ މަޝްހޫރު ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުންނަމަ އިންތިހާބު ކާމިޔާބުކުރީ "ޕްރޯ ޗައިނާ" ކެންޑިޑޭޓެވެ.
އެ ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި ބުނީ ޕްރޮގްރެސިވް ކޯލިޝަންއަށް ނިސްބަތްވެ ވަޑައިގަންނަވާ މުއިއްޒަކީ ޗައިނާއާ ގުޅުން ބަދަހިކުރުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
"ޗައިނާގެ ކަނޑުގެ އަސްކަރީ ބާރުތައް ހަލުވިކަމާއެކު ފުޅާވަމުންދާއިރު، ޗައިނާއިން ބޭނުންވަނީ މިފަދަ ސްޓްރެޓެޖިކް [ރާއްޖެ އޮންނަ ސަރަހައްދު] ގޮތުން މުހިންމު ތަނަކަށް ވަނުމަށް،" ޗައިނާއަށް އިޝަރާތްކޮށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ. އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުންނަމަ އޭޝިއާގެ އެންމެ ކުޑަ ގައުމުގައި ރާއްޖޭގެ އިންތިހާބަކީ "އިންޑިއާއަށް ތާއީދުކުރާ ކޭމްޕްތަކާއި ޗައިނާއަށް ތާއީދުކުރާ ކޭމްޕްތަކާ" ދެމެދު ނެގި ވޯޓެކެވެ.
"ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖެއަކީ ވިޔަފާރީގެ ގޮތުންނާއި ސަލާމަތާއި ރައްކާތެރިކަމަށް ސްޓްރެޓެޖިކް ގޮތުން އިންޑިއާ އަދި ޗައިނާއަށް ވެސް މުހިއްމު ތަނެއް،" ވޮޝިންޓަން ޕޯސްޓުގައި ބުންޏެވެ.
ބައެއް ނޫސްތަކުން ބުނާ ގޮތުން މި އިންތިހާބަކީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވުމަށް "ޓަގް އޮފް ވޯއެއްގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގި ބޮޑު ޖިއޮޕޮލިޓިކަލް ހަނގުރާމައެއް،"އެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ