އެމެރިކާގެ އަލަބާމާގެ ޑޭޑެވިލް އަށް ނިސްބަތްވާ އެލެކްސިސް ޑައުޑެލްގެ 16 ވަނަ އުފަންދުވަހުގެ ޕާޓީ ބިރުވެރި ހުވަފެނަކަށް ބަދަލުވީ ޕާޓީގައި ހަތަރު މީހަކު ގަޔަށް ބަޑި ޖަހައި މަރާލުމުންނެވެ. ސްޓޫޑިއޯއެއްގައި ބޭއްވި އެ ޕާޓީ އަށް އެލްކްސިސްގެ ބޭބެ، ފިލް ޑައުޑެލް ދިޔައީ ކޮއްކޮ ބަަލައެވެ.
ޕާޓީގައި ހުރި މީހަކު ބަޑިއެއް ގެންގުޅޭކަމުގެ އަޑުތަކެއް އިވިގެންނެވެ. އެ ދެބެއިންގެ މަންމަ އަށް ވެސް އޮތީ އެކަހަލަ ވާހަކައެއްގެ އަޑު އިވިފައެވެ. އެލެކްސިސް އަށް މިކަން އެނގުމުން ޑިސްކޯ ލައިޓްތައް ނިއްވާލިއެވެ. އަދި އެއްވެސް މީހަކު ބަޑިއެއް ގެންގުޅޭ ނަމަ ޕާޓީ ދޫކޮށް ދާން އެލެކްސިސް އެދުނެވެ. އެއްވެސް މީހަކު އަނގައިން ނުބުނުމުން އެލެކްސިސް، ލައިޓްތައް ޖެއްސިއެވެ. ބަޑި ޖަހަން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ.
https://twitter.com/hunterjacksonfm/status/1647769119012339713
"ކުއްލިއަކަށް ބަޑީގެ އަޑު އިވެން ފެށީ. މީހުން ދިމަދިމާލަށް ދުވަން ފެށީ، ހަޅޭލަވަން ފެށީ،" ބީބީސީއާ ވާހަކަ ދައްކަމުން އެލެކްސިސް ބުންޏެވެ. "ބޭބެ ކުރި ކަމަކީ އަހަރެން ސަލާމަތްކުރަން ގައިގައި އަތް އަޅާ ބިން މައްޗަށް ކޮއްޕާލީ،" އެލެކްސިސް ބުންޏެވެ. ވަރަށް ހަނިގޮތަކަށް އެލެކްސިސް އިމާރާތުން ބޭރަށް ނިކުތެވެ. އެއަށް ފަހު އޭނާ ހުރީ އިމާރާތުގެ ފަހަތުގައި ފޮރުވިގެންނެވެ. އެވަގުތުވެސް ބަޑި ޖަހާ އަޑު އިވެއެވެ.
އެލެކްސިސް އެނބުރި ސްޓޫޑިއޯ އަށް ވަން އިރު އެނާގެ ބޭބެ އޮތީ ބިންމަތީގައެވެ. ބޭބެ ގަޔަށް ވަޒަން އެރުމުގެ ސަބަބުން ހޯސްލާފައި ލޭ ފައިބައެވެ. އެލެކްސިސް އެވަގުތު އޭނާގެ ބޭބެ ގާތުގައި ބުނަމުން ދިޔައީ ހިތްވަރު ކުރާށެވެ.
ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮންނަ ޑޭޑެވިލްގައި ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާގައި އިތުރު 32 މީހަކު ވަނީ ޒަހަމްވެފައެވެ. މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ނަން ނުވަތަ މަގްސަދެއް އަދި ހާމަކޮށްފައި ނުވެއެވެ. އެލެކްސިސް އާއި އޭނާގެ މަންމަ ބުނީ ބަޑި ޖަހަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށެވެ. ބަޑި ޖެހި މީހާ ވަނީ ފިލާފާއެވެ.
ޑޭޑްވިލްގެ މޭޔަރު ޖިމީ ފްރޭންކް ގުޑްމަން ސީނިއާ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަޑީގެ ހަމަލާއަށް ފަހު ހޮސްޕިޓަލުގައި ފެނުނު މަންޒަރަކީ ވިއެޓްނާމް ހަނގުރާމައިގައި މަސައްކަތް ކުރެއްވި ދުވަސްވަރު ފެނުނު މަންޒަރަށް ވުރެ ވެސް ގޯސް މަންޒަރެއް ކަމަށެވެ.
"ހިތުގެ އެއްބައި ފަޅައިގެން ހިނގައްޖެ. އޭނާ (ފިލް) ގްރެޖުއޭޓްވާން އޮތީ އަންނަ މަހު. ގްރެޖުއޭޝަނަށް ދިއުމުގެ ބަދަލުގައި އަހަރެން ދާނީ ދަރިފުޅު ބަލާލަން ގަބުރުސްތާނަށް." ފިލްގެ މަންމަ ބުންޏެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								