އަންހެނަކާ ޖިންސީ ގުޅުން ހިންގުމަށްފަހު، އެ ވާހަކަ ފަޅާނޭރުވުމަށް ޝަރުތުކުރުމުގެ ގޮތުން ފައިސާ ހުށަހެޅި މައްސަލައެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.

މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުނު ފުރަތަމަ ފަހަރެވެ.

ޓްރަންޕުގެ މައްޗަށް ޖިނާއީ ދައުވާ އުފުލީ ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު، ޖިންސީ ގުޅުން ހިންގުމަށްފަހު، އެކަން ސިއްރުކުރުމަށް އެ އަންހެން މީހާއަށް 130،000 ޑޮލަރު ހުށަހެޅި މައްސަލާގައެއްގައެވެ. އެ އަންހެން މީހާއާ އެކު ޓްރަންޕު ގުޅުން ހިންގީ 2006 ވަނަ އަހަރުއެވެ. އެ މައްސަލަ ފެންމަތިވެ، ޑްރަންޕަށް ފާޑުކިޔުން އަމާޒުވާން ފެށީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ޓްރަންޕު ވަޑައިގަންވަން އުޅުމުންނެވެ. އެ ވާހަކަ ފަޅާނާރުވައި، ވާހަކަ "ހިންދާލުމަށް" އެ އަންހެން މީހާއަށް، ޑްރަންޕު ފައިސާ ހުށަހެޅީ އޭނާގެ ވަކީލް މެދުވެރިކޮށެވެ.

ޖިނާއީ ދައުވާ އުފުލުމުން، ޑްރަންޕު ވިދާޅުވީ އޭނާގެ މައްޗަށް އުފުލުނީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި އެއީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޓްރަންޕު ވަނީ ވިދާޅުވެފައެވެ.

"މިއީ ދޮގު، ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ކޮރަޕްޓް ދައުވާއެއް. މިއީ އެމެރިކާގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ހުންނާތީވެ، އުފުލި ދައުވާއެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މިކަމުގައި އިންސާފުވެރި ޝަރީއަތެއް ކުރެވޭނެ ކަމަކަށް،" ޓްރަންޕު ވިދާޅުވެފައިވެއެވެ.

ޓްރަންޕުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް އަންނަ އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ.