ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫގެ ދަނޑު ބިމުގެ މައްސަލާގައި އެރަށު ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާ ދޮށަށް އެއްވެ އެރަށު ކައުންސިލް އިދާރާ އަށް ގެއްލުން ދިން މައްސަލާގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ތޮއްޑޫ ކައުންސިލް އިދާރާ ފުރާޅަށް ގާއުކައި ހަމަނުޖެހުން ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 8 މީހުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މުޒާހަރާގައި ފުލުހަކަށް ވެސް އަނިޔާވިއެވެ. އަދި ތޮއްޑޫ ކައުންސިލް އިދާރާ އަށް ގައު އުކާ އެ ކައުންސިލްގެ ބައެއް ބިއްލޫރިތައް ވެސް ތަޅާލިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ