ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަ ލަސްވާ މައްސަލަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް، އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.
އައްޑޫ ސިޓީގައި އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން އަސްލަމް މިރޭ ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން އެކަމުގެ ތެރެއަށް އަތްބާނަމުން ދާތީކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެހެންކަމުން އެ މައްސަލަ މާދަމާ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ އަސްލަމް ވިދާޅުވިއެވެ.
އެވާހަކަ އަސްލަމް ފާހަގަކުރެއްވީ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން ހުރަސް އެޅި މައްސަލަ ކުށްވެރި ކުރައްވާ ވާހަކަދައްކަވަމުންނެވެ.
ޔާމީން އަށް ކްރިމިނަލް ކޯޓުން ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ވެސް ކުރައްވައިފައެވެ.
ނަމަވެސް އެ މައްސަލައިގެ ޝަރީއަތް މާ ބޮޑަކަށް ހައިކޯޓުގައި ނުއެއް ހިނގައެވެ. ހައިކޯޓުން ވަނީ އެ ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކާއި ބަލާއިރު ޔާމީންގެ މައްސަލަ އެ ކޯޓުގައި ލަސްވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ