ރައްޔިތުންނަށް ހެޔޮ އެދިގެން ކުރީ ސަރުކާރުން ކުރި އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ، މާލޭގެ ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް އެ ސަރުކާރުގެ ބޭފުޅުންނަށް ދެއްކެން ނޯންނާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އޭރުގެ ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނެތިވެސް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ގިނަ ކަންތައްތަކެއް މާލެ އަށް ކޮށްދީފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކޮށްދެއްވި ކަމެއް ނޫން އިތުރު ކަމެއް މާލެއިން ފެންނަން ނެތް ކަމަށެވެ.
"ދެން އިންތިހާބު އައިސް ބޯމަތިވީމަ މިތާ ކައިރިން ފަޅެއް ނަގައިފައި އެތަނުން އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިރޭ ވެސް ރައީސް ވަނީ މާލެއާ މުޅި ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީންކަން ދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފައެވެ.
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ