މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައި ކަމަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ މިއީ މާލެ އަށް މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ކަމަށެވެ. މިދިޔަ ހަފްތާ އަކީ މާލެ އަށް ހޫނު ގަދަ ހަފްތާއެކެވެ. އެގޮތުން އިހުސާސް ކުރެވޭ ހޫނުމިން ހުރީ ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސް އާއި 44 ޑިގްރީ ސެލްސިއަސްގައެވެ.
މެޓުން ބުނީ މިދިޔަ އަހަރުވެސް އެންމެ ހޫނުގަދަ ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.
އިހުސާސްކުރެވޭ ހޫނުމިން މިއަދު ހުރި މިންވަރު:
ހުޅުލެ: 46.3 ޑިގްރީ ސެލްސިއަސް
ލ. ކައްދު: 41.9 ޑިގްރީ ސެލްސިއަސް
ގދ. ކާޑެއްދު: 43.6 ޑިގްރީ ސެލްސިއަސް
ސ. ގަން: 40.8 ޑިގްރީ ސެލްސިއަސް
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ