ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގެވި އަދަދާއި ގާތްކުރާ މިންވަރަށް ވެސް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ނުހިންގާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ނުހިންގާ ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުން މި މުއްދަތުގައި ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނާއިރު އޭގެތެރެއިން ދެ ބިލިއަން ރުފިޔާ އަކީ ލޯނެއް ނަގައިގެން ހިންގާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ވަރަކަށް ޗާޕު ނުކޮށް، ކުރީ ސަރުކާރުން ފަށާފައިވާ 500އަށްވުރެ ގިނަ މަޝްރޫއު މި ސަރުކާރުން ހުއްޓާނުލާ ކުރިޔަށް ގެންދާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ލޯނެއް ނުނަގާ މަޝްރޫއުތައް ހިންގަމުން އެ ފަންޑަށް 35 މިލިއަން ޑޮލަރު މިހާރު ޖަމާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިއަހަރު ނިމޭއިރު އެސްޑީއެފްގައި 100 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވަމުން ގެންދަވާ ވާހަކައެއް ތަކުރާރު ކުރައްވާފައެވެ. އެއީ ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ވާހަކައެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި