އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އީސީގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި އިސްމާއީލް ހަބީބުގެ މެންބަރު ކަމުގެ ދައުރު މިމަހުގެ 13ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައި ވަނީ އީީސީގެ މިހާރުގެ އެސްޖީ ޒަކަރިއްޔާގެ ނަމެވެ.
އީސީ އަށް ޒަކަރިއްޔާ އައްޔަން ކުރަން މަޖިލީހުން ފާސްކުރިއިރު މަޖިލީހުގރ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވެސް ވަނޫ ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޒަކަރިއްޔާ އެ މަގާމަށް އައްޔަން ފެންނަ ކަމަށް ފާސްކުރީ 39 މެންބަރުންގެ ވޯޓުންނެވެ.
ޒަކަރިއްޔާ އަކީ 2021ވަނަ އަހަރު އެ ކޮމިޝަނުގެ އެސްޖީގެ މަގާމާ ހަވާލުވި ފަރާތެކެވެ.
ރައީސް މުއިއްޒުގެ ކެބިނެޓު 15އަށް މަދުކޮށްފި
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި
ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަވާ ބަދަލުތަކަށް ފުރުސަތު ދޭން
10 ވަޒީރުންގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވައިފި
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: މިވަރުގެ ނާގާބިލް ވެރިކަމެއް ނާދޭ
ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ އަދަދު 9އަށް