ފުލުހުންގެ 91ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސް ވަޑައިގެންނެވުން ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ފުލުހުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ވެސް ދައްކަވައިފައެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީ ކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ހިދުމަތާއި ގުޅޭ ފަރާތްތަކާއި މިހާރު ހިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ހިދުމަތަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް