ރާއްޖޭގެ ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް އެޅުމަށް ކުވެއިތު ފަންޑުން ހިލޭ ފައިސާ ހަމަޖައްސައި ދިނުމަށް ނިންމި ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވުމުން އެ ފަންޑު އަނބުރާ ގެންގޮސްފައި ވާތީ، އެފައިސާ އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. ހަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު ވަނީ ވެލިދޫގައި އިމާރާތް ކުރަން ނިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އެ ހޮސްޕިޓަލަކީ ކުވެއިތު ފަންޑުން ފައިސާ ހަމަޖައްސައިގެން އަޅަން ނިންމި ހޮސްޕިޓަލެއް ކަމަށެވެ.
ނަމަވެސް ދިމާވި މައްސަލައަކުން އެ ހޮސްޕިޓަލު އެޅުން ހުއްޓުނީ ކަމަށާއި އަދި ފަހުން ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން އެ ރަށުގައި ހޮސްޕިޓަލެއް އަޅަން ނިންމި ނަމަވެސް، މި އަހަރުގެ ބަޖެޓްގައި އެކަމަށް އެކަށީގެންވާ ފައިސާ ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ކުވެއިތު ފަންޑުން އެ ފައިސާ އެ ފަންޑިން އަނބުރާ އަޅުގަނޑުމެންނަށް ހޯދޭތޯ،" މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތް ކުރަން ސޮއި ކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ދާދިފަހުން ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހދ. ހަނިމާދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔަ ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި