ދައުލަތުގެ ބަޖެޓު ބޮޑުވެގެން ދަނީ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގާތީ ނޫން ކަމަށާއި ބަޖެޓު ބޮޑުވަނީ ސަރުކާރުތަކުގައި ކޮރަޕްޝަން އިތުރުވެ ހިންގުމުގެ ހަރަދުވެސް އިންތިހާ އަށް އިތުރުވާތީ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ގަޕޯ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ދައުލަތުގެ ބަޖެޓު ބޮޑުވާކަމުގެ ޝަކުވާއާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެކަން އެހެން ވަނީ ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ޖެހުމުން ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ވިދާޅުވިއެވެ.
"ނޫން އެހެނެއް ނޫން. އެހެނެއްވާ ކަމެއް ނޫން އެއީކީއެއް. ދައުލަތުގެ ރިކަރަންޓު ހަރަދު އިންތިހާ އަށް އިތުރުވެގެން ދާތީވެ ދައުލަތުގެ ބަޖެޓު ބޮޑުވެގެން ދަނީ،" ގަޕޯ ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާއި ހަވާލުވާއިރު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދު ކުރާނެ ކަމަށް ބުނާނެ ކަމަށާއި އެހެންނަމަވެސް ދައުލަތުގެ ތެރެއިން އެކަން ފެނިގެން ނުދާ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ސީދާ ގޮތުން ވެސް ނުސީދާކޮށް ވެސް ފައިދާ ނުވާ އެތައް ކަމެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް