ސިއްހީދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނިހޯން ކޯޑެން އާއި ގުޅިގެން ރާއްޖޭގެ ސިއްހީދާއިރާއަށް އެ ބްރޭންޑްގެ ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ)އިން، ތައާރަފްކުރަން ނިންމައިފިއެވެ.
މި ވަސީލަތްތައް ރާއްޖޭގެ ބާޒަށް ނެރުމަށް ނެރުމަށް ކްރޮސް ރޯޑްސްގައި މިރޭ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ، މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު އާދިލް، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު އަދި، ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިންގ ޑިރެކްޓަރ ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ވަސީލަތްތަކަކީ އިމަރޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫތަކުގެ އިތުރުން ހޮސްޕިޓްލަގެ ކޮންމެ ޑިޕާރޓްމެންޓެއްގައި ވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.
ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް އޯގަސްޓް މަހުގެ 14 އިން 16 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
މި ތަމްރީނުގެ ތެރެއިން މި ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަކުގެ ފީޗަރސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެއެވެ.
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން
އެމްޑީޕީ ޕްރައިމަރީ އޮންނާނީ 25 ރަށާއި ހަތަރު ސިޓީއެއްގައި
ހިރިމަރަދޫ ކައުންސިލް އުވާލިކަމަށް ކަނޑައެޅީ ގާނޫނޫއަސާސީއާ ހިލާފަށް
އެމްޑީޕީ ޕްރައިމަރީ ބާއްވާ ތާރީހު ޖެނުއަރީ 16އަށް އަވަސް ކޮށްފި