2006 ވަނަ އަހަރުގެ ޖޫން މަހު ނޭޕާލްގެ ފްލައިޓެއް ވެއްޓުނެވެ. ދަތުރުކުރި އެންމެން މަރުވިއެވެ. ކާބޯތަކެތީގެ ބާވަތްތައް ހިފައިގެން ދަތުރުކުރި ފްލައިޓްގެ ކޯޕައިލެޓަކަށް ހުރީ ދީޕަކް ޕޮކްރެލްއެވެ. ދީޕަކް މަރުވިއިރު އަންބަކާއި ދަރިއަކު ހުއްޓެވެ. އެ ހިތާމާއިން އޭނާގެ އަންހެނުން އަރައިގަންނަ ބޭނުންވީ ކޯޕައިލެޓަކަށް ވާންށެވެ. އޭވިއޭޝަން ދާއިރާއަށް ނުކުންނަން ހިތްވަރު ހޯދީ ފިރިމިހާގެ މަރުންނެވެ. އޭގެ 16 އަހަރު ފަހުން އަންޖޫވެސް މަރުވީ ފްލައިޓް އެކްސިޑެންޓެއްގައެވެ. އޭނާވެސް ދުއްވަން ހުރީ ފިރިމީހާ ދުއްވި އެއާލައިނުގެ ފްލައިޓެކެވެ.

މި މަހުގެ 15 ވަނަ ދުވަހު ވެރިރަށް ކަތަމަންޑޫއިން ޕޮކަހާރާއަށް ދަތުރުކުރި ޔެޓީ އެއާލައިންގެ ފްލައިޓް ނަންބަރު 691 ވެއްޓި ހިނގި ހާދިސާގައި 72 މީހަކު މަރުވިއެވެ. މަރުވި ބައެއް މީހުންގެ ހަށިގަނޑުތައް ހޯދުން ދަނީ އަދިވެސް ކުރިއަށެވެ. އޭނާ (އަންޖޫ) އަޒުމް ކަނޑައެޅީ އޭނާގެ ހުވަފެންތައް އަދި ފިރިމީހާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން" އާއިލާގެ މެމްބަރު ސަންތޯޝް ޝަރުމާ ކިޔައިދިނެވެ. އަންޖޫ، ޔެޓީ އެއާލައިންއާ ގުޅުނީ 2010 ވަނަ އަހަރުއެވެ. ފްލައިޓް ޓްރެއިނިން ފުރިހަމަކުރީ އެމެރިކާއިންނެވެ. އޭނާ އަކީ އެ އެއާލައިނުގައި ޕައިލެޓުންގެ ވަޒީފާއާ ގުޅުން ހަ އަންހެނުންގެ ތެރެއިން ހިމެނޭ އެކަކެވެ. މިހާތަނަށް 6400 ގަޑިއިރު ފްލައިޓް ދަތުރު އަންޖޫ ކޮށްފައިވެއެވެ. އެއާލައިނުން އަންޖޫ ސިފަކުރީ ހިތްވަރުގަދަ ކެރޭ އަންހެނެއް ގޮތުގައެވެ.

[caption id="attachment_46449" align="aligncenter" width="750"] ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި[/caption]

ފިރމީހާގެ މަރާއެކު އަންޖޫ އިތުރު ކައިވެންޏެއް ކުރިއެވެ. އެ ކައިވެންޏަށް ދަރިއަކުވެސް ލިބުނެވެ. ރައްޓެހިންނާއި އާއިލާއިން ބުނީ އަންޖޫ އަކީ ވަޒީފާއަށް ވަރަށް ލޯބިކުރާ މީހެއް ކަމަށެވެ. އެ މީހުން ބުނީ ފިރިމީހާ މަރުވި ގޮތަށް އަންޖޫ މަރުވުމަކީ ހިތާމެއްގެ ތެރެއަށް ލިބުނު އިތުރު ހިތާމައެއް ކަމަށެވެ. ވެއްޓުނު ފްލައިޓާއެކު އެ ގައުމުގެ އެއާލައިންތަކުގެ ރައްކާތެރިކަމާއި މެދު ވަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައެވެ. ފާއިތުވި އަހަރުތަކުގައި ނޭޕާލްގެ އެއާލައިންތަކުގެ ސޭފްޓީ ރެކޯޑް ދަށްވުމުގެ ގިނަ ސަބަބުތަކެއް ވަނީ ފެންމަތިވެފައެވެ. ފަރުބަދައިގެ ސަރަޙައްދާއި، މޫސުމާއި، ނެވިގޭޓް ކުރުމަށް އުނދަގޫވުމަކީ ބައެއް ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ނޭޕާލްގެ އެއާލައިންތަކަށް ވައިގެ ސަރަހައްދުން މަނާކޮށްފައެވެ.

[caption id="attachment_46450" align="aligncenter" width="1280"] ޔެޓީ އެއާލައިންގެ ފްލައިޓެއް ޕޮކަހާރާގެ ރަންވޭގައި ޖައްސަނީ[/caption]

ދެ މީހަކު ފިޔަވާ އެހެން މީހުންގެ ހަށިގަނޑު ވަނީ ހޯދިފައެވެ. އެ ދެމީހުންވެސް ދިރިހުއްޓާ ފެނުމަކީ ނާދިރު ކަމެއް ކަމަށް ރެސްކިއު ޓީމުން ވަނީ ބުނެފައެވެ. ފްލައިޓުން ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރު ވަނީ ހޯދާފައެވެ.

[caption id="attachment_46451" align="aligncenter" width="1500"] ފްލައިޓް ވެއްޓުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ[/caption]

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުގެ ދަށުން މަތިންދާބޯޓާއި އިންޖީނު ޑިޒައިންކުރި ގައުމުތަކުގެ ކްރެޝް އިންވެސްޓިގޭޝަން އެޖެންސީތަކަކީ އިންކުއަރީގެ ތެރޭގައި ހިމެނޭ އިދާރާތަކެކެވެ. އޭޓީއާރް އަކީ ފްރާންސްގައި ހުންނަ ކުންފުންޏަކަށް ވާއިރު، މަތިންދާބޯޓުގެ އިންޖީނުތައް އުފައްދާފައިވަނީ ޕްރެޓް އެންޑް ވިޓްނީ ކެނެޑާއިންނެވެ. ފްރާންސާއި ކެނެޑާގެ ވައިގެ އެކްސިޑެންޓްތައް ތަހުގީގު ކުރާ ފަރާތްތަކުން ވަނީ އިންކުއަރީގައި ބައިވެރިވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ.