އިންޑިއާ އާއި އިންޑޮނޭޝިއާއާ ދެމެދު ލޯކަލް ކަރަންސީތަކުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ބޭންކް އިންޑޮނޭޝިއާ (ބީއައި)އާ ދެމެދުއެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ސޮއިކުރި މި އެއްބަސްވުމުގައި ރިޒާވް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ޝްރީ ޝިކާންތާ ދާސްއެވެ. ބޭންކް އޮފް އިންޑޮނޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ގަވަރުނަރު ޕެރީ ވަރްޖިޔޯ އެވެ.
އެމްއޯޔޫގެ މަގްސަދަކީ އައިއެންއާރް އާއި އައިޑީއާރު ގެ ބޭނުން ބައިލެޓަރަލްކޮށް ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށް އިންޑިއާ އިން ބުންޏެވެ. އެ އެމްއޯޔޫގައި ކަރަންޓް އެކައުންޓުގެ ހުރިހާ މުއާމަލާތްތަކާއި ހުއްދަ ކެޕިޓަލް އެކައުންޓުގެ މުއާމަލާތްތަކާއި އިގްތިސާދީ އަދި މާލީ އެހެނިހެން މުއާމަލާތްތައް ވެސް ދެ ގައުމުން އެއްބަސްވާ ގޮތަށް ހިމަނާފައިވާނެ ކަމަށް އިންޑިއާ އިން ބުންޏެވެ.
އެ އޮނިގަނޑުގެ ސަބަބުން އެކްސްޕޯޓަރުންނާއި އިމްޕޯޓަރުންނަށް އެފަރާތްތަކުގެ އެތެރޭގެ ފައިސާއިން އިންވޮއިސްކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން އައި.އެން.އާރު-އައި.ޑީ.އާރު ފޮރިން އެކްސްޗޭންޖް މާކެޓެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އިންޑިއާ އިން ބުންޏެވެ.
ބައިލެޓަރަލް ޓްރާންސެކްޝަންތަކުގައި ލޯކަލް ފައިސާ ބޭނުންކުރުމަކީ، އިންޑިޔާއާއި އިންޑޮނޭޝިއާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރިއެރުވުމުގެ އިތުރުން، މާލީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެ، އިންޑިޔާއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ޒަމާންވީ ތާރީހީ، އަދި އިގްތިސޯދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް އިންޑިއާ އިން ދެކެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި