ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުން ދާތީ ސަމާލުވާން އަންގައިފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ބައެއް މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކުންފުނީގެ ނަމުގައި ސްކޭމް ފޯން ކޯލްތައް ކުރަމުން ދާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން ހޯދާ ހިދުމަތްތަކަށް ފައިސާ ދައްކަން ޖެހޭނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން"ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ. އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށް އެ ނޯޓިސްގައި ބުންޏެވެ.
ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގއ. ވިލިނގިލީ މީހެއްގެ ބޭންކް އެކައުންޓުން 200،000ރ.މަކަރާ ހީލަތުން ނެގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެކި ސްކޭމްތަކުގައި މީހުންގެ އަތުން އަތުލި ފައިސާގެ އަދަދު 57 މިލިއަން ރުފިޔާ އަށް އަރަ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި