ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީން ކެންޑިޑޭޓުން އިންތިހާބު ކޮށްފައި ވަނިކޮށް އެހެން ކެންޑިޑޭޓުންނަށް ބައެއް ވަޒީރުން ކެމްޕެއިން ކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ، ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަލީއަށް ތާއީދު ހޯދުމަށް އެ ދާއިރާ އަށް ވަޑައިގެންފަ އެވެ.
މީގެ އިތުރުން ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހިމް ސަނާހު (ސަންޓޯ) ގެ ބަދަލުގައި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ސަރުކާރުން ތާއީދުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވާ ވީޑިއޯ މީގެ ދެ ދުވަސް ކުރިން އާންމުވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
އެ ވީޑިއޯގައި ފެންނަނީ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒާއި ނަސީރު، ސަރުކާރުން ރިޔާޒަށް ތާއީދުކުރަން ނިންމާފައިވާ ކަމަށާއި އެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ވިދާޅުވާ ތަނެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން ޕީއެންސީން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ