ތ. ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވުމުން، ދެ ރަށުގައިވެސް މަތީ ތައުލީމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ޕޯސްޓުކުރި ވީޑިއޯގައި, ގްރޭޑް 10 ނިންމުމަށްފަހު ކިނބިދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތް ހެދުމަށްޓަކައި ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ އެރަށު ދަރިވަރަކު ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް 12އާ ހަމައަށް ކިޔެވޭނެ ވަސީލަތް ކިނބިދޫގައި މިވަގުތު ނެތް ނަމަވެސް ކޯޒްވޭއާއެކު އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
''ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކޯޒްވޭއަކުން މިރަށް (ކިނބިދޫ) އާއި ވޭމަންޑޫ ގުޅައިލެވުނީމަ އެއްކަމަކަށް އެއިރުން އެއްގަމުން ދެވޭ ގޮތް ވާނެ އެރަށަށް. އެއިރުން އެއްފަސްވީ. އެއްފަސްވީމައި ލިބޭ ފައިދާތައް ހުންނާނެ ތައުލީމަށްވެސް. އެއީ އެއްގޮތް އަޅުގަނޑުވިސްނާ ތިކަން ހައްލު ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެން ގޮތް ގޮތުންވެސް ކިނބިދޫގައި މަތީތައުލީމު ހާސިލުކުރެވޭނެ ގޮތް ފަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
''ކޯޒްވޭއަކުން ގުޅުނީމައި އެއްފަސްވީމަ ޔުނިވަސިޓީގެ ކެމްޕަސް ގާއިމްކުރުން ވިޔަސް، ޔުނިވާސިޓީ ތައުލީމުގެ ފުރުސަތުތައް ވިޔަސް ފަހިވާނެ. އެއީ އާބާދީ ބޮޑުވީމަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިއްޔެ ކިނބިދުއަށް ވަޑައިގެން އެރަށާއި ވޭމަންޑޫގެ ކޯޒްވޭގެ މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަނީ އެ ރަށާއި ވޭމަންޑޫ ކޯޒްވޭގެ އިތުރުން މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ