ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް ހަމަލާދީ ޝަހީދުކުރަމުންދާ އިޒްރޭލަށް ތާއިދުކުރާކަން ހާމަކުރި ފިލިޕީންސް މީހަކު ކުވެއިތުން ޑީޕޯޓްކޮށްފިއެވެ.
ކުވެއިތުގެ ދާހިލީ ވުޒާރާއިން ބުނީ، އިޒްރޭލަށް ތާއިދުކުރާކަން ފާޅުކުރި އަންހެން މީހާ އަކީ އަލް ސަބާހް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ނަރުހެއް ކަމަށެވެ.
ވަޓްސްއެޕްގައި ލިޔުމު ސްޓޭޓަސް އެއް ގައި އެ ނަރުސް މީހާ ވަނީ ފަލަސްތީނު ރައްޔިތުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައެވެ. އިޒްރާލަށް ތާއިދުކުރާކަން ހާމަކުރުމުގެ ގޮތުން އޭނާ ވަނީ އެ ގައުމުގެ ދިދަވެސް ސްޓޭޓަސް ގައި ހިއްސާކޮށްފައެވެ.
ނަރުހާ ދެކޮޅަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލެއް ކަމަށްވާ ބަންދަރު އަލް މުތައިރީއެވެ.
މިއީ ކުވައިތުގެ ހެލްތު މިނިސްޓްރީގެ ދަށުގައި މަސައްކަތް ކުރާ ބިދޭސީއަކު އިޒްރޭލަށް ތާއިދުކުރި ދެވަނަ ފަހަރެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި އިއްޔެ އާ ހަމަޔަށް 8000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މިނިސްޓްރީން ބުންޏެވެ
ހަފުތާ ބަންދުގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ މުއާސަލާތީ ގުޅުން ކެނޑިފައެވެ. އިއްޔެ ފަތިހު ގާޒާގެ ބައެއް ސަރަހައްދުތަކަށް ވަނީ މުވާސަލާތީ ހިދުމަތްތައް އަލުން ދީފަ ެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ މުވާސަލާތީ ވަސީލަތްތައް ނެތުމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކާއި އެހެނިހެން އަނިޔާތައް ޑޮކިއުމެންޓް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމުގެ އިންޒާރު ދީފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ