ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސަރުކާރާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ އިދިކޮޅު އިސް ލީޑަރަކާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ.
އޮފިޝަލަކު ވިދާޅުވީ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަހުރުލް އިސްލާމް އަލަމްގިރު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ބޮޑުވަޒީރު ޝެއިހް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި ހަފުތާ ބަންދުގައި ބަންގްލަދޭޝްގެ އެކި ސަރަަހައްދުތަކުގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.
ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހެއްގެ އިތުރުން މުޒާހަރާގައި ބައިވެރިވި އެކަކު ވެސް ވަނީ މަރުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 75 އަހަރުގެ އަލަމްގިރު ހައްޔަރުކުރީ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ ގެއަށް ހަމަލާދިން ކަމުގެ ތުހުމަތުގައެވެ.
ނަމަވެސް އޭއެފްޕީ ނިއުސް އެޖެންސީން ބުނީ ހޮނިހިރު ދުވަހުގެ މުޒާހަރާގައި ފުލުސް އޮފިސަރު މަރުވުމާ ގުޅިގެން އޭނާގެ އިތުރުން ބީއެންޕީގެ އިތުރު 164 މެމްބަރެއްގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ