އެސްޓީއޯގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެކުންފުނިން މިއަދު ބުނީ އެއީ މީގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު 9 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތިންވަނަ ކުއާޓާގައި އެސްޓީއޯ އިން ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައި އިތުރުވެފައިވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އާމްދަނީ އިތުރުވެފައި ވީނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާރުގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައި 5 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިކުއާޓާރުގައި މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައި ނުވުމެވެ.
އެ ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގައި ސާފު ފައިދާއަކީ 331 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގައި ސާފުފައިދާގެ ގޮތުގައި ވަނީ 271 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު 10 ޕަސެންޓުގެ ދަށްވުމެކެވެ. ތިންވަނަ ކުއާޓަރުގައި އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވަނީ ޓެކުހަށް ކެނޑުމަށްފަހުސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މިތާރީހާއި އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް