އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދުތައް ކަމަށް ގާޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މީގެ ކުރިން ދީފައިވާ އަދަދުތަކަކީ އިތުބާރު ކުރެވޭ ސައްހަ އަދަދުތަކެއް ކަމަށް އދ އިން ބުނެފިއެވެ.
އދ އިން އެހެން ބުނެފައިވަނީ ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހިއްސާކުރާ މަރުގެ އަދަދުގެ ސައްހަކަމާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ސުވާލު އުފައްދަވާފައި ވަނިކޮށެވެ.
ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ)ގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވީ ހަނގުރާމަގައި ފަލަސްތީނުން މަރުވާ މީހުންގެ އަދަދުތަކުގެ ސައްހަކަމާ މެދު ޝައްކު އުފައްދަނީ މަދު ބައެއް ކަމަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މޯޗަރީތަކާއި ހޮސްޕިޓަލްތަކުން ޑޭޓާތައް އެކުލަވައިލާއިރު، ދާދި ފަހުން ވަނީ މަރުވި މީހުންގެ ނަމާއި އައިޑެންޓިޓީ ނަންބަރު ހިމެނޭ 212 ސޮފްހާގެ ލިޔުންތަކެއް ޝާއިއުކޮށްފައެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވެފައިވާ ގޮތުން ގާޒާގެ ހެލްތު މިނިސްޓްރީއަކީ ހަމާސް ޖަމާއަތާ ގުޅިފައިވާ ބައެއް މީހުން ދެކޭ ކަމަށެވެ.
ގާޒާގައި މަރުވާ މީހުންގެ އަދަދުތަކާއި ގުޅޭ ގޮތުންބައިޑެން ދެއްކި ވާހަކަތަކަށް ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އިޒްރޭލުން ގާޒާއަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު، ގާޒާގެ 2.3 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ކަރަންޓާއި ތެޔޮ ފަދަ ޒަރޫރީ ވަސީލަތްތައް ލިބުން ވަނީ މަނާކޮށްފައެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުގެ ދެކުނުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާއަށް ފަހު އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 7،326 މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި