އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ބޮން އަޅަމުންދާތީވެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެމެޖެންސީ ބައްދަލުވުމެއް ބާއްވާން ތާވަލުކޮށްފިއެވެ.
މުސްލިމު ގިނަ އަދަދެއްގެ ގައުމެއް ހިމެނޭ އޯއައިސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގާޒާއާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާއި، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާހެން އިންސާނީ ހާލަތު ގޯސްވަމުންދާތީ އެކަމާ ގުޅޭ ގޮތުން ވަޒީރުންގެ ފެންވަރުގައި އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ''އޯޕަން އެންޑްޑް'' އިމަޖެންސީ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފައިނަލްކޮށްފައިވާ ކަމަށެވެ.
އިސްލާމީ ސަމިޓުގެ މިހާރުގެ މުގައްރިރު އަދި އެގްޒެކެޓިވް ކޮމިޓީ، ސައުދީ އަރަބިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ މި ބައްދަލުވުން އޮންނާނީ މިއަދު ސައުދީގެ ޖިއްދާގައި ހުންނަ އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓޭރިއޭޓްގެ މައި މަރުކަޒުގައެވެ.
އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން ބްރަހިމް ތާހާ ވިދާޅުވީ މި ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހިތާމަވެރި ހާލަތްތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ފަލަސްތީނުގެ މައްސަލަ އަކީ އެ ޖަމިއްޔާގެ އެޖެންޑާގައި ވަރަށް ބޮޑު އިސްކަމެއް ދޭ މައްސަލައެއް ކަމަށާއި މެމްބަރު ގައުމުތަކުގެ ތާއީދު އަބަދުވެސް ލިބެމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު