ކުއްލިއަކަށް މޫސުން ގޯސްވެ ފަލަސްތީނުގެ ގާޒާ ހިފުމަށް އިޒްރޭލު ސިފައިން ރޭވި ރޭވުން ފަސްކުރަން ޖެހިއްޖެއެވެ.
އިޒްރޭލުގެ އިސް އޮފިޝަލުން ވިދާޅުވީ، މޫސުން ގޯސްވެ ސަބަބުން ވައިގެ މަގުން ދަތުރުކުރުމަށް ހުރަސް އެޅުމުގެ ސަބަބުން އޮޕަރޭޝަން ލަސްވެފައިވާ ކަމަށެވެ. ލަސްވީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެއެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުގެ ތަރުޖަމާނަކު ސީއެންއެންއަށް ވިދާޅުވީ ގަޒާގައި "މުހިންމު އަސްކަރީ އޮޕަރޭޝަންތައް" ފަށާނީ އާންމުންގެ އެންމެން އެތަނުން ނެރުމުން ކަމަށެވެ.
އިޒްރޭލުން ގައްޒާގައި ހިންގާ އެއްގަމު އޮޕަރޭޝަން ފަސްކުރުމަށް އެމެރިކާއިން އިސްރާއީލަށް އަންގާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ އިންސާނީ އެހީގެ ކޮރިޑޯއެއް ގާއިމުކުރެވެންދެން އިޒްރޭލުގެ ގްރައުންޑް ''އެޓޭކްތައް'' ފަސްކުރުމަށް އިޒްރޭލަށް އަންގާފައެވެ.
ހުކުރު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން "24 ގަޑިއިރުގެ ތެރޭގައި" އެތަން ދޫކޮށް ދިޔުމަށް އިންޒާރު ދީފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު