އިޒްރޭލުން ފަލަސްތީނުގެ ގެއަކަށް އިންޒާރު ދިނުމަކާ ނުލައި ބޮން އަޅާ ކޮންމެ ފަހަރަކު އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިޒްރޭލު މީހަކު މަރާލާނެ ކަމުގެ އިންޒާރު ހަމާސް ޖަމާއަތުން ދީފިއެވެ.
ހަމާސް އިން މި އިންޒާރު ދީފައި މިވަނީ އެ ޖަމާއަތުން ދިން ކުއްލި ހަމަލާގައި މަރުވި މީހުންގެ އަދަދު އިޒްރޭލުގައި 900 އަށް އަރާފައިވާއިރެވެ. އިޒްރޭލު، ސިފައިން ދިން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އިޒްރޭލުގެ ޖެޓް ފައިޓަރުންނާއި އާޓިލަރީ އާއި ޑްރޯން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ފަލަސްތީނުގެ ރެސިޑެންޝަލް އެޕާޓްމަންޓް ބްލޮކްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތެއް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އިންޒާރެއް ދިނުމަކާ ނުލައި އާންމުންގެ ގެއަކަށް އިސްރާއީލުން ދޭ ކޮންމެ ބޮމުގެ ހަމަލާއެއްގައި މީހަކު މަރާލާނެ ކަމަށެވެ. އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޯހެން ވިދާޅުވީ ހަފުތާ ބަންދުގައި ބޯޑަރު ހުރަސްކޮށް ދިން ނުރައްކާތެރި ހަމަލާތަކުގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިޒްރޭލުން ގައްޒާގެ ފެނާއި ގޭހުގެ އިތުރުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާއިރު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ ގައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް އިޒްރޭލުން މުޅިން ހުރަސް އެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. ހިއުމަން ރައިޓްސް ވޮޗްގެ އިޒްރޭލް އަދި ފަލަސްތީނުގެ ޑިރެކްޓަރު އުމަރު ޝާކިރު ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު ގަލަންޓްގެ ވާހަކަތަކަކީ ''ނުރުހުމުގެ'' ވާހަކަތަކެއް ކަމަށެވެ.
"ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ފަދައިން، ހިފާފައިވާ ސަރަހައްދެއްގައި ދިރިއުޅޭ އާބާދީއަށް ކާބޯތަކެއްޗާއި ކަރަންޓު ކަނޑާލުމަކީ ދެވޭ އަދަބެއް، އެއީ ހަނގުރާމައިގެ ޖަރީމާއެއް'' އޭނާ ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު