އެސްޓީއޯ އިން ވިއްކާ އަލްނޫރް ހިކި ކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަލްނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. އެ ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.
އަލްނޫރު ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ކޮށްގެން ފެށި ޕްރޮމޯޝަން އިއްޔެ އިން ފެށިގެން މިއަހަރުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރީޓްއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް ލިބޭނެއެވެ.
ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެއެވެ. އަދި މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެން ދާނެއެވެ. މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބިގެން ދާނެއެވެ. މި ޕްރޮމޯސަން އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައިވެސް ކުރިޔަށް ދާނެއެވެ.
އަލް ނޫރު ހިކި ކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ. އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް ވީހާވެސް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެކުންފުނިން ބުންޏެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު