Hathaavees
Hathaavees
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
                    <description>ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާނީ ގާތްކަން ރަމްޒުކޮށްދެމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 'ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމް' ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން 1،200 ގަސް ހަދިޔާކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގެ 'އަމާން އުދަރެސް ޓަވަރ 15' ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން މި ގަސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމަނިއަމެވެ. އަދި ދިވެހި...</description>
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
                    <description>ބޭރުގެ ކުންފުންޏަކާއި ހަވާލު ކޮށްގެން ރަސްމާލޭގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއު ކުރިޔަށް ގެންދިއުމާއި މެދު އާއްމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ނޫސްވެެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ...</description>
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
                    <description>ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު މަގާމުން ރިޓަޔާ ކުރައްވާތީއެވެ.
އަލީ ރަޝީދު މަގާމުން ރިޓަޔާ ކުރައްވަނީ އަންނަ މަހުން ފެށިގެންނެވެ.
ދެ ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިއިރު އެ މަގާމަށް ބޭފުޅަކު...</description>
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
                    <description>ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އަންނަ އަހަރު ރާއްޖެއަށް ބޭރު ގައުމުތަކުން އެންމެ ގިނައިން ސީދާ ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ ވާނެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2027 ވަނަ އަހަރު ބޭރުގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ސީދާ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޖުމްލަ 55.4 މިލިއަން...</description>
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
                    <description>ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މެޓުން ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފައެވެ. މެޓުން އެލާޓު ނެރުނީ މެންދުރު 13:30 އިން...</description>
ޅައިމަގަށް އެރި ނަގޫރޯޅިއެއްގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން މީހަކަށް އަނިޔާވެއްޖެ
                    <description>ށ. ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރާ އެރަށަށް ގެއްލުންތަކެއްވެ، މީހަކަށް އަނިޔާވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން މިއަދު ބުނީ ޅައިމަގުގައި ނަގޫރޯޅި އެރުމުނުން ވިއްސައިގެން ދިޔަ ޓިނު ގަނޑަކުން ޖެހި މީހަކަށް އަނިޔާވި ކަމަށެވެ.
އެގޮތުން އެ މީހާގެ ބޯ ފަޅައިގެން ދިޔަ ކަމަށާއި އެމީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.
ޅައިމަގަށް ނަގޫ ރޯޅި އެރުމުން ހަތަރު ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ޑިޒާސްޓާ އިން...</description>
މެޓުން ބުނަނީ ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް
                    <description>ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. ވިއްސާރަ ކުރި ނަމަވެސް ވައިޖެހޭ...</description>
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި
                    <description>ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކުރަމުން އަންނަ ވިއްސާރާގައި ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެއެވެ.
ފެން ބޮޑުވުމުން ރަށުގެ ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.
އެރަށުގައި ފެން ބޮޑުވުމާއި ގުޅިގެން އާއްމު ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އެރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން...</description>
ރާއްޖެ މާއްދިއްޔަތަށް ވައްޓާލާ، އިސްލާމީ ޝަހުސިއްޔަތު ކިލަނބުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ: ޝަހީމް
                    <description>ރާއްޖެ މާއްދިއްޔަތަށް ވައްޓާލާ އިސްލާމީ ޝަހުސިއްޔަތު ރާއްޖޭގައި ކިލަނބު ކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެނި ކުރި މައްސަލައެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެކަމަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
ރާއްޖޭގެ ގާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި...</description>
ގުޖުރާތުގެ ބަނާސްކާންތާ ޑިސްޓްރިކްޓްގައި 14،400 ކްރޯޑު ރުޕީސްގެ މަޝްރޫއު އިފްތިތާހްކޮށްފި
                    <description>ގުޖުރާތުގެ ބަނާސްކާންތާ ޑިސްޓްރިކްޓްގައި 14,400 ކްރޯޑް ރުޕީސްއަށްވުރެ ގިނަ ފައިސާގެ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނު ވަނީ އެ މަޝްރޫއުތަކުގެ ބިންގާވެސް އަޅުއްވައިދެއްވައިފައެވެ.
މީގެއިތުރުން، 'ޕްރަދާން މަންތުރީ ކިސާން ސައްމާން ނިދި' (ޕީއެމް-ކިސާން) ސްކީމްގެ 24 ވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 19,000 ކްރޯޑް ރުޕީސް ބޮޑުވަޒީރު މޯދީ ވަނީ ދޫކުރައްވާފައެވެ.
ބަނާސްކާންތާގައި ބޮޑުވަޒީރު ވަނީ ބީލްޑީގައި ހުރި 'ބާރަތު ބޮވައިން ބްރީޑިންގ...</description>
3 ރަށެއްގެ ފިޓްނެސް ސެންޓަރަށް ބޭނުންވާ ސާމާނު ގާއިމުކުރަން އިންޑިއާއެކު ސޮއިކޮށްފި
                    <description>އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މެމޮރަމްޑަމް އޮފް އެސޯސިއޭޝަން (އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫއަކީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗްއައިސީޑީޕީ) ގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން...</description>
ރައީސް މުއިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅޭ ކަންބޮޑުވުންތަކަށް ފާރަވެރިވާނެ: އިންޑިއާ
                    <description>ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިކަމާ ގުޅިގެން އިންޑިއާގެ ސަލާމަތީ ކަންބޮޑުވުންތަކެއް އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި އިންޑިއާގެ ރަސްމީ ބަހެއް ހޯދުމަށް ނޫސްވެރިޔަކު ސުވާލުކުރުމުން، އިންޑިއާގެ ޚާރިޖީ ވުޒާރާ (އެމް.އީ.އޭ) އިން ބުނީ ރާއްޖެއަކީ މުހިއްމު ބައިވެރިއެއް ކަމަށާއި، ނަމަވެސް މިފަދަ ހުރިހާ ތަރައްގީތަކަކަށް ވަރަށް ގާތުން ފާރަވެރިވަމުންދާނެ...</description>
އިންޑިއާގެ 'އައިޓެކް' ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި
                    <description>ސަރުކާރުގެ ޚާރިޖީ ވުޒާރާގެ ދަށުން ހިންގާ، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ އިސް އެއް ޕްރޮގްރާމް ކަމަށްވާ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިކަމަށްޓަކައި އިންޑިއަން ހައިކޮމިޝަނުން ބޭއްވި ޚާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކްލިސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ތައުލީމީ ވުޒާރާގެ އިސްބޭފުޅުންނާއި، އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި ހައިކޮމިޝަންގެ...</description>
ރައީސް މުއިއްޒުގެ ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން އެތައް ސުވާލުތަކެއް!
                    <description>ދައުލަތުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެއެވެ. ދައުލަތުގެ ހަރަދުތައް ބޮޑުވެ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ވެސް އެތަކެއް އަސަރުތަކެއް ކުރާ މި ދަނޑިވަޅު ސަރުކާރުން ވެސް ބަލަން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އަމަލު ކުރުމަށެވެ. ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުގައި ވެސް ރައްޔިތުންނަށް މިވަގުތުން މިވަގުތަށް ހުރި ދަތިތައް ހައްލު...</description>
30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯވްއޯވާ ކޮށްދޭން އިންޑިއާ އިން ނިންމައިފި
                    <description>އިންޑިއާއިން ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯވްއޯވާ ނުވަތަ އިތުރު މުއްދަތަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާއިން ރާއްޖެއަށް މި ފެސިލިޓީ ދީފައިވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި ސަރުކާރަށާއި ރައްޔިތުންނަށް އެހީވުމުގެ ގޮތުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ފެސިލިޓިއަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން...</description>
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
                    <description>ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ވެއްޓިފައި ވަނީ އަމާން އުދަރެސް ޓަވަރު 8 އިން ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެމީހާ ވެއްޓުނީ 15ވަނަ ފަންގިފިލާ އިންނެވެ....</description>
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެ ޒުވާނަކު ޒަހަމްވެއްޖެ
                    <description>ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއަކު އެކްސިޑެންޓުވެ ޒުވާނަކު ޒަހަމްވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 22:15 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު، ބާޒާރު މަތިން ކަމަށްވެސް ބުންޏެވެ. 
އެ އެކްސިޑެންޓުގައި 19 އަހަރުގެ ޒުވާނަކު ޒަހަމްވި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.
ފުލުހުން...</description>
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
                    <description>މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކާއި މުހިންމު ނިންމުންތައް ކަނޑައަޅާ އެންމެ އިސް ގުނަވަން ކަމަށްވާ އެޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، އެކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
މި ނިންމުން ހާމަކުރެއްވީ އެމްޑީޕީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދެވެ.
އެޕްޑީޕީގެ އުމީ މަޖިލީހުގެ އިންތިހާބު ކުރިއަށްދާނީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު 4 ވަނަ...</description>
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
                    <description>ރަސްމާލެ މަޝްރޫޢުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްފައިވާ ބިމުގެ ކުއްޔަށް ދިނުމުގެ ޝަރުޠުތަކަށް ބަލާއިރު، ދިވެހިންގެ ބިން ދާއިމީކޮށް ދޫކޮށްލަނީ ކަމަށް ފެންނަ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފައްޔާޒު މިއަދު އިނގިރޭސީ ބަހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް އެކަމުގެ އެއްވެސް...</description>
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
                    <description>މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު، އަދި ޓެކްސީ ޑްރައިވަރުންގެ ހައްގުގައި ވަކާލާތު ކުރަމުންދާ މުހައްމަދު ޝާމިން ބަންދުގައި ބެހެއްޓިތާ 14 ދުވަސް ފަހުން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލާފައި ވަނީ ޕާސްޕޯޓް ހިފަހައްޓައި، މާލެއިން ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށެވެ. 
ޝާމިން ބަންދުން ދޫކޮށްލުމަށް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ ޝާމިންގެ މައްޗަށް ކުރެވިފައި ވަނީ ޖިނާއީ ބޮޑު ތުހުމަތަކަށް ނުވުމާއި އޭނާގެ އަމަލަކުން މުދަލަކަށް، ފުލުހަކަށް...</description>