އެއްބައިވަންތަކަމުގެ އެއްވުން
މެއި 31، 2024: ރަފަޙް އަނދަނީ، މި ނަމުގައި އާޓްފިޝަލް ބީޗުގައި މިއަދު ބޭއްވި އެއްބައިވަންތަކަމުގެ އެއްވުމުގެ ތެރެއިން: ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވި. ދީނީ އިލްމުވެރިންނާއި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ވެސް މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި