menu
20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ
2 މަސް 4 ހަފްތާ ކުރިން

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

28 މޭ 2024: 20ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން މިއަދު ވަނީ މެންބަރު ކަމުގެ ހުވާ ކުރައްވާފައި. ހުވާކުރުން އޮތީ ރައްޔިތުން މަޖިލިސް އިދާރާގައި މިއަދު ހެނދުނު 9:00ގައި. އަދި މިއަދު ހެނދުނު 10:15ގައި 20ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފައި. އެ ޖަލްސާގައި މަޖިލިސް ރައީސް އަދި ނާއިބު ރައީސް އިންތިހާބު ކުރުން ކުރިޔަށް ގެންގޮސްފައިވޭ. މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ އިންތިހާބު ކުރައްވާފައި. 20ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ވަނީ ނަގާފައި. އެޕާޓީގެ މެންބަރުންގެ ގޮތުގައި އެކަނި 76 މެންބަރުން ތިއްބަވާނެ. އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި 12 މެންބަރުން ތިއްބަވާ.

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި 20ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މީދޫ ދާއިރާގެ މެންބަރު ސިޔާމް އަދި 20ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް އިންތިހާބު ކުރުމަށް ސިއްރު ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނެގި ވަގުތީ ކޮމެޓީން ވޯޓު ގުނަނީ -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން. 20ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ވަނީ ނަގާފައި -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިމް ވާހަކަދައްކަވަނީ. އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި 12 މެންބަރުން ތިއްބަވާ -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވާހަކަދައްކަވަނީ -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ކައުންސެލަރު ޖެނެރަލް ފިލްޒާ -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ

20ވަނަ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެންބަރު ސިޔާމް -- ފޮޓޯ | މަޖިލިސް

20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ