menu
ހުވަދޫ ރިޔަލުދޯނި
1 މަސް 1 ދުވަސް ކުރިން

ހުވަދޫ ރިޔަލުދޯނި

ތި ފެންނަނީ ރަށްފުށުން ވަރަށް މަދުން ފެންނަ މަންޒަރެއް. މިއީ ގއ. ވިލިނގިލީ، ޝާހުއާބާދު، އަބްދުﷲ ރަޝީދުގެ "ފެހިވިލު" ރިޔާ ދޯނީގެ ފޮޓޯތަކެއް. މި ފޮޓޯތައް ނަގާފައި މި ވަނީ "ހަތާވީސް"ގެ އެޑިޓަރު ހުސައިން ހަސަން އެ ދޯނިން މިއަހަރު ކުރިދަތުރުގައި.

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ދޯންޏެއް ދުއްވަނީ: މިއީ ގއ. ވިލިނގިލި، ޝާހުއާބާދު، އަބްދުﷲ ނަސީރު އިބްރާހިމްގެ ފެހިވިލު ދޯނި. މިއީ ވިލިނގިލީގައި ރިޔާނަގައިގެން މިހާރު ދުއްވާ ހަމައެކަނި ދޯނި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ރިޔާ ނެގި ފެހިވިލު ދޯނި ހުވަދޫ އެތެރެވަރީގައި ވަދާއަޅަނީ: މި ދޯނި ވިލިނގިލީގައި ދުއްވަން ފެށީ މީގެ 20 އަހަރުކުރިން 2004 ވަނަ އަހަރު -- ފޮޓޯ / ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ގއ. މާނާގަލާއަށް ރިޔާނެގި ދޯނި ކައިރި ކުރަނީ: މާނާގަލާއަކީ ހުވަދޫ އަތޮޅުގެ އުތުރުބުރީގައި ވަކިން އޮންނަ ރަށެއް. މި ރަށަކީ މަސްމަހާ މެހީގެ އެކި ބާވަތްތައް އަލާކުރާ މަރުކަޒެއް ހިންގާ ރަށެއް -- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި

ރިޔަލު ދޯނީގެ ވެރިޔާ، އަދި ކެޔޮޅު އަބްދުﷲ ނަސީރު އިބްރާހިމް: އޭނާގެ އުމުރުން މިހާރު 71 އަހަރު. އޭނާ ބުނާ ގޮތުން ގއ. ވިލިނގިލީ ހަތް ދޯންޏެއްގައި އޭނާ ކެޔޮޅުކަން ކުރި. ކަނޑުމަސްވެރިކަން ހުއްޓާލީ ދަރިންބޮޑެތިވުމުން ކަމަށާއި މިހާރު ފަރުމަސްވެރިކަން ކުރަނީ އަމިއްލަ އުފަލަކަށް ކަމަށް އޭނާ ބުނޭ-- ފޮޓޯ/ ޙުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

މަސްއައިނުމަތީ ދޫނި، ކުރަނގި ހުވަދޫ އެތެރެވަރީގައި: މިއަތޮޅުގެ ގިނަ ފަޅުރަށްތަކުގައި ދޫނިތައް އާލާވެ ދިރިއުޅޭ-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ފެހިވިލު ދޯނި ދުއްވަނީ: މި ދޯނީގެ ވެރިޔާ، އަބްދުﷲ ނަސީރު އިބްރާހިމް މިހާރު އުންމީދު ކުރަނީ ޓޫރިސްޓުން ގޮވައިގެން އޭގައި ދަތުރުކުރަން-- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ފެހިވިލު ދޯނި ދުއްވަނީ: މިކަހަލަ ދޯންޏެއްގައި މަސްވެރިކަމަށް ނުކުތުމަކީ ހިތަށްފިނިކަން ލިބޭ ކަމެއް. ސަބަބަކީ އިންޖީނު ނިންވާލައިގެން ހަކައެކަނި ރިޔަލުގައި ރާޅުތައް ކަފަމުން ކުރިއަށްދެވޭތީވެ. އިންޖީނުގެ އަޑެއް ނީވި، ގުރުދަތީ ހިތްގައިމު އަޑުތަކާ އެކު ދަތުރުކޮށްލަން ލިބޭނީ ވަރަށް މަދުން -- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ފެހިވިލު ދޯނި ދުއްވަނީ: މި ދޯނީގައި އިންޖީނެއް ވެސް ހުރޭ. އެކަމަކު އިންޖީނު ނިންވާލައިގެން، ގިނަ ވަގުތު ރިޔަލުގައި ދޯނި ދުއްވޭ ގޮތަށް ހަދާފައިވޭ -- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި

ރިޔަލު ދޯނީގެ ކެޔޮޅު، އަބްދުﷲ ނަސީރު އިބްރާހިމް: އުމުރުން 71 އަހަރުގެ މި ބޭބެ މަސްވެރިކަމަށް ނުކުތީ ޒުވާން އުމުރުގައި. އޭނާ ބުނީ ވިލިނގިލީގެ ހަތް ދޯންޏަކުން ކަނޑުމަަސްވެރިކަން ކުރި ކަމަށް. ފަހަރުމަކަށް މިހާރު ނުކުންނީ އަމިއްލަ އުފަލަކަށް-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ފެހިވިލު ދޯނި ދުއްވަނީ-- ފޮޓޯ / ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ގއ. މާނާގަލާއަށް ރިޔާނެގި ދޯނި ކައިރި ކުރަނީ: މާނާގަލާއަކީ ހުވަދޫ އަތޮޅުގެ އުތުރުބުރީގައި ވަކިން އޮންނަ ރަށެއް. މި ރަށަކީ މަސްމަހާ މެހީގެ އެކި ބާވަތްތައް އަލާކުރާ މަރުކަޒެއް ހިންގާ ރަށެއް -- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި

މަސްއައިނުމަތީ ދޫނިތަކެއް ހުވަދޫ އެތެރެވަރީގައި އުނދުހިފައިދަނީ-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ހުވަދޫ ރިޔަލުދޯނި

ހުވަދު އަތޮޅު އެތެރެވަރީގައި ރިޔާ ނެގި ދޯންޏެއް ދުއްވަނީ-- ހަތާވީސް ފޮޓޯ / ހުސައިން ހަސަން

ހުވަދޫ ރިޔަލުދޯނި