ބޭރު ގައުމުތަކުގެ އިސްވެރިންނާއެކު، ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުން
ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އިއްޔެ ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭރު ގައުމުތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައި. މީގެތެރޭގައި އަވައްޓެރި އިންޑިއާ އަދި ޗައިނާ އާއި އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ އިސްވެރިން ހިމެނޭ. އެގޮތުން އިންޑިއާގެ މިނިސްޓަރ އޮފް އަރތު ސައިންސަސްއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އެދިލައްވާފައި: ފޮޓޯ | ރައީސް އޮފީސް