ރައީސް ސޯލިހުގެ އެންމެ ފަހު، ކެބިނެޓު ބައްދަލުވުން
14 ނޮވެމްބަރު 2023: 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަޒީރުން މަޖިލީސް ނުވަތަ ކެބިނެޓުގެ އެންމެ ފަހުގެ ބައްދަލުވުން މިއަދު ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ފިޔަވާ އެހެން ހުރިހާ ވަޒީރުންނެއް ވަނީ ބައިވެރިވެވަޑައިގެންފައި. އާއްމު ގޮތެއްގައި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހަކީ ކެބިނެޓު ބައްދަލުވުން ބާއްވަން ކަނޑައަޅާފައި އޮންނަ ދުވަސް. އެހެންކަމުން މިއަދަކީ ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން އެމަނިކުފާނުގެ ކެބިނެޓާއެކު ބޭއްވެވި އެންމެ ފަހުގެ ބައްދަލުވުން.