އިންތިހާބީ ރައީސް ޑރ. މުއިއްޒު، ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް ބައްލަވާލެއްވުން
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައި. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން މުއިއްޒު ވަނީ އަންނަ އޮކްޓޫބަރު މަހު އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެމަނިކުފާނު ކުރައްވާނެ މަސައްކަތް ކަމަށް. އަދި އެ އަމާޒަށް ވާސިލްވުމަށްޓަކައި ވަރަށް ގާތުން މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށާއި ހުވާ ކުރެއްވުމަށްފަހު އެންމެ އަވަހަށް އަވަސްވެ ގަންނާނީ އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށްޓަކައި މިހާރު ހަވާލުކޮށްފައި ނުވާ މަސައްކަތްތައް ކުންފުނިތަކަށް ހަވާލު ކުރުމުގެ މަސައްކަތް ކަމަށް: އެމަނިކުފާނާއެކު މި މަސައްކަތް ބައްލަވާލެއްވުމަށް އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި: ފޮޓޯ | އިންތިހާބީ ރައީސް އޮފީސް