menu
ދެ ވަނަ ބުރުގެ ވޯޓުލުން
2023/09/30 13:15

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023:ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ހެނދުނު 8:00ގައި. ދެ ވަނަ ބުރަކަށް ދިޔައީ މިއަހަރުގެ ސެޕްޓެމްބަރު 9ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނެތުމުން. ދެ ވަނަ ބުރަށް ދިޔައީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު.

ރިޔާސީ އިންތިހާބު 2023: އުމުރުން ދުވަސްވީ މީހަކު ވޯޓުލުމަށް ވޯޓުލާ މަރުކަޒުގެ ތެރެއަށް ވަނުމުން ވޯޓުލާ މަރުކަޒުގައި ހުރި އިލެކްޝަންސްގެ އޮފިޝަލަކު އެހީތެރިކަން ފޯރުކޮށްދެނީ. މިއަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،804 މީހަކަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: މިއަދު ކުރިޔަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މީހަކު ވޯޓުލުމަށް، ވޯޓިން ބޫތުގައި ވޯޓުލަނީ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 586 ވޯޓުފޮށި ވަނީ ބަހައްޓާފައި. އަދި މިއަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،804 މީހަކަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: މިއަދު ކުރިޔަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މީހަކު ވޯޓުލުމަށްޓަކައި އިނގިލީގައި ފާހަގަ ޖަހަނީ. ދެވަނަ ބުރުގައި ވޯޓުލީ ފާހަގަ ޖެހުމަށް އިލެކްޝަންސް އިން ނިންމާފައި ވަނީ ކަށި އިނގިލީގައި -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން: ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00ގައި. ވޯޓުލުން ބަންދު ވާނީ ހަވީރު 17:00ގައި. އިލެކްޝަންސް އިން ބުނީ ފުރަތަމަ ބުރެކޭ ވެސް އެއްގޮތަށް މިފަހަރުވެސް ވަގުތު އިތުރު ނުކުރާނެ ކަމަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން: ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފް ވޯޓު ލައްވަނީ. ހުސައިން ވޯޓު ލެއްވީ މާލޭގެ ތާޖުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަކަށް -- ހަތާވީސް ފޮޓީ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން: ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ. މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ބެހެއްޓިފައިވާ މާފަންނު ދެކުނު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮއްޓަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: ދެވަނަ ބުރުގެ ވޯޓުލުމަށްޓަކައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު (މ) ވޯޓުލާ މަރުކަޒަށް ވަޑައިގަންނަވަނީ. އަރިހުގައި ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ލީޑު ކުރައްވާ އަބްދުއްރަހީމާއި އެ ދެޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި -- ހަތާވީސް ފޮޓޯ | އިމްލީދު ހިލްމީ

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޯޓުލެއްވުމަށްފަހު، ޖަމާލުއްދީން ސްކޫލުން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ. ރައީސް ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ މާލޭގެ ދިރިއުޅޭ ޅ. ހިންނަވަރުގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވޯޓު ފޮއްޓަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހު

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޯޓު ލައްވަނީ. ރައީސް ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ މާލޭގެ ދިރިއުޅޭ ޅ. ހިންނަވަރުގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވޯޓު ފޮއްޓަށް -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހު

ދެ ވަނަ ބުރުގެ ވޯޓުލުން

ރިޔާސީ އިންތިހާބު 2023: ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވޯޓު ލައްވަނީ. ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ މާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ފައިސަލް ވަނީ މެޖޯރިޓީ ނިންމުން، ބަލައިގަންނަންވާނެ ކަމަށް ވިދާޅުވެފައި -- ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ވޯޓުލުން

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލެއްވުމަށްފަހު، އިނގިލީގެ ނިޝާން ދައްކާލަނީ-- ފޮޓޯ/ މުހައްމަދު އަފްރާހް | ހަތާވީސް

ދެ ވަނަ ބުރުގެ ވޯޓުލުން

ފޮނަދޫގައި ދޫކުރި ވޯޓު ކަރުދާހުގައި ކުރަހާފައި -- ފޮޓޯ | މިހާރު

ދެ ވަނަ ބުރުގެ ވޯޓުލުން