ތިލަމާލެ ބްރިޖުގެ މަސައްކަތް
ތިލަމާލެ ބްރިޖުގެ މަސައްކަތް: މި މަޝްރޫއު އަކީ މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު. މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާގެ ލޯނު އެހީގައި. އިންޑިއާގެ އެފްކޮންސް އިން ހަދަމުންދާ މި ބްރިޖަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވޭ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރު. މި ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެއް. މާލެ އިން ފެށިގެން ޖުމްލަ ތިން ރަށެއް މި ބްރިޖުން ގުޅާލާނެ. އެއީ ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި. ބްރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައިފައިވާއިރު މުޅި މަޝްރޫއުގެ 60 ޕަސެންޓު ވަނީ ނިމިފަ -- ހަތާވީސް ފޮޓޯ/ މުހައްމަދު އަފްރާހް