އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ (14 ޑިސެމްބަރު 2024)ގައި ވަނީ އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާފައި. މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅު މަހިބަދޫ، ދަނގެތި އަދި އޮމަދޫއަށް ވަޑައިގެންފައި. މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކުރައްވާފައި. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތުވެސް ބައްލަވާލެއްވި --- ފޮޓޯ | ރައީސް އޮފީސް