އއ. އަދި ކ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު
އއ. އަދި ކ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން: މިއީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިހާތަނަށް ނުދެވި ހުރި ރަށްތަކަށް ކުރެއްވި ދަތުރުފުޅެއް. ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ދަތުރުފުޅުގައި ބައްދަލުކުރެއްވި ކައުންސިލްތަކާއެކު، ޖުމްލަ 185 ކައުންސިލަކާއި މިހާތަނަށް ވަނީ ބައްދަލުކުރެފައި. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވާ ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވާފައި --- ފޮޓޯ | ރައީސް އޮފީސް