ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މެމްބަރުންނަށް ވާދަނުކުރެވޭނެ: ޕީޕީއެމް

ޕީޕީއެމް ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ މެމްބަރުންނަށް ވާދަނުކުރެވޭނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ކައުންސިލް އިންތިހާބް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޗީފް ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ޕްރައިމަރީގައި ޕީއެންސީން ވާދަނުކުރަން ނިންމާފައިވާ ކަަމަށެވެ. ހީނާ ވިދާޅުވީ އިންތިހާބުގެ ޕްރައިމަރީގައި ވޯޓު ލެވޭނީ ޕީޕީއެމްގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިހާރުވެސް ޕްރައިމަރީގައި ވާދަކުރުމަށް 700 އެއްހާ ފޯމް ލިބިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

” ޕީޕީއެމަށް އަބަދުވެސް ވަނުމަށްޓަކައި މެމްބަޝިޕް ފޯމް އަޅުގަނޑުމެންނަށް ލިބެމުންދޭ. އަދި ޚާއްސަކޮށް މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޕީޕީއެމްއަށް ވަނުމަށްޓަކައި ވަރަށް ގިނަ އަދަދެެއްގެ ބޭފުޅުން ކޮންމެ ރެއަކުވެސް ޕާޓީ އޮފީހަށް އަމިއްލައަށް އައިސް ފޯމްތައް ފުރަމުންދާކަންވެސް ފާހަގަކޮށްލެވޭ. އަޅުގަނޑުމެން ރަށްރަށަށް ކުރާ ދަތުރުތަކުގައިވެސް ވަރަށް ގިނަ ބަޔަކު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ” ހީނާ ވިދާޅުވިއެވެ.

ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ޕީޕީއެމްގެ މެމްބަރުންގެ ވީނުވީއެއް ނޭނގި އަދަދު މަދުވި މައްސަލައިގައި ހީނާ ވިދާޅުވީ އެ މެމްބަރުން އަލުން ޕާޓީއަށް ވެއްދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.