އިތުރު 101 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،800 އަރަނީ

މާލޭގެ މަގުމަތިން މީހަކު ހުއްޓުވައި، ރެންޑަމް ސާންޕަލް ނަގަނީ-- ފޮޓޯ/ ސަން

އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން، ވޭތުވެދިޔަ 24 ގަޑީއިރު ތެރޭގައި ކޮވިޑް19އަށް 101 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން މިރޭ ބުނެފިއެވެ.

ރާއްޖެއިން ބަލި ޖެހުނު ޖުމްލަ އަދަދަކީ 1،773އެވެ.

އެންއީއޯސީ އިން ބުނީ މިއަދު ބަލި ޖެހުނު ގިނަ މީހުންނަކީ ކްލަސްޓަރސްތަކާ ގުޅުން ހުރި މީހުން ކަމަށެވެ. އެގޮތުން 98 މީހަކު އެފަދަ ކްލަސްޓާތަކާ ގުޅުން ހުރި ކަމަށެވެ. މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. އެއީ 72 ބަންގްލަދޭޝް މީހުންނާއި 21 އިންޑިއާ މީހަކާއި 8 ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *